

(41) ދަމުނަމާދު
މިއީ ދިވެސް އަކުރުން ލިޔަން ދަސްކޮށްދޭ ފޮތެކެވެ. ދިވެސް އަކުރުގެ އަކުރުތަކާއި ފިލިތަކާއި ލިޔާނެ ގޮތް، މި ފޮތުގައި ގެނެސްދެވިފައި ވެއެވެ.


(42) ތައުބާ ނަމާދު
މިއީ ޢަރަބި ލިޔުމާ ބެހޭ މަޢުލޫމާތުގެ ފޮތެކެވެ. ޢަރަބި ލިޔުމުގެ ތިން ބާވަތެއްގެ ޤަވާޢިދާއި، ޢަރަބި އަކުރާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް މި ފޮތުގައި ވެއެވެ.


(43) އެ އަންހެން ކުއްޖާ ޤަތުލުކުރީ ކާކު؟
މިއީ، ގއ. މާމެންދޫ އާޒާދުގޭ އަލްއުޚުތު ސަލްމާ ނަޞީރު (ސާޖިދާ) ނިޔާވުމާ ގުޅިގެން ލިޔެވުނު ފޮތެކެވެ. މި ފޮތް ލިޔެވުނީ، އެ މަރްޙޫމާއަށް ލިބިގެންވާނެ ދެމިހުންނަނިވި ދަރުމައެއް ކަމުގައި ލެއްވުމަށް އެދިގެންނެވެ. މާތްﷲ، އެ މަރްޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްތައް މިންވަރުކުރައްވާށިއެވެ! އާމީން.


(44) މޮޔައިންގެ ރަސްގެފާނު ދަންޖެހުނު ވާހަކަ
މިއީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ނަންތަކުގެ މާނަ ގެނެސްދެވިފައިވާ ކުޑަކުޑަ ފޮތެކެވެ. މި ފޮތް ލިޔެވުނީ، ސޫރަތްތަކުގެ ނަމުގެ މާނައާ ބެހޭ ގޮތުން ކުރެވޭ ސުވާލަށް ޖަވާބެއް ދިނުމުގެ މަޤުޞަދުގައެވެ.


(45) ޒައިނާގެ ތަޤުރީރު
މިއީ، ސިޔާސީ ލިޔުންތެރިއެއްގެ ވިސްނުމާއި ފަލްސަފާ ހާމަވެގެންދާ ކުޑަކުޑަ ފޮތެކެވެ. މި ފޮތުގެ އަޞްލުގެ މުޞަންނިފަކީ، އަލްއުސްތާޛު މުޙައްމަދުލް އަޞްފަރު އެވެ. މި ފޮތުގައިވާ ސިޔާސީ ފިކުރު، އޭނާ އަމާޒުކުރައްވާފައި ވަނީ، ޤައްޛާފީގެ ދުވަސްވަރު ލީބިޔާގައި އޮތް ވެރިކަމުގެ ނިޒާމާ ދެކޮޅަށެވެ. އޭނާ ބަޔާންކޮށްދެއްވަން ބޭނުންފުޅުވީ، އެ ވެރިކަމުގައި ހުރި ދޯހަޅިކަމާއި ދޯދިޔާ ކަމެވެ. އޭނާ އެ ކަން ކުރައްވާފައި ވަނީ، ފުޓްބޯޅައަކާ ބެހޭ ވާހަކައެއްގެ ތެރެއިންނެވެ.


(46) އިސްލާމީ ސާސްތުރައިގެ ބައެއް މަލަ
މިއީ ސަޢޫދީ ޢަރަބިއްޔާގެ އިމާމް މުޙައްމަދު ބްނު ސަޢޫދު އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާ އިން ނެރުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެކެވެ. މި ފޮތް ލިޔެވިފައި ވަނީ، ޝަރުޢީ ދިރާސާ ތައްޔާރުކުރުމުގެ ޢިލްމީ މަންހަޖާ ބެހޭ ގޮތުންނެވެ.


(47) ޙައްޖާއި ޢުމްރާގެ ދުޢާތައް
މިއީ ޙައްޖާއި ޢުމްރާގެ އަޅުކަމުގައި ކިޔާ ދުޢާތައް ގެނެސްދެވިފައި ވާ ފޮތެކެވެ. މި ފޮތުގައި ވާނީ، ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރައްވާ ބޭފުޅުންނަށް ކުރިން ހިލޭ ދެމުން ގެންދިޔަ ދުޢާތަކާއި ޛިކުރުތަކާއި މަޢުލޫމާތެވެ. އޭގެ އިތުރަށް ގެފުޅުގެ މުހިންމު ބައިތައް ދައްކައިދޭ ތަޞްވީރަކާއި، ޙައްޖުގެ އަޅުކަމުގައި ހިމެނޭ ތަންތަނުގެ ޗާޓެއް ވާނެއެވެ.


(48) ޙަވާލާ ލިސްޓު ތައްޔާރުކުރުމަށް އެހީއެއް
މިއީ މައިކްރޯ ސޮފްޓް ވޯރޑްގައި ޙަވާލާ ލިސްޓު ތައްޔާރުކުރާނެ ގޮތް ކިޔައިދެވިފައި ވާ ކަރުދާހެކެވެ. މި ކަރުދާސް ބޭނުންކޮށްގެން ޙަވާލާ ލިސްޓު ލިޔަން ފަސޭހަވާނެއެވެ.


(49) މުޙައްމަދު ޞައްލަﷲ ޢަލައިހި ޥަސައްލަމަ
މިއީ، އަލްމަރްޙޫމު ފަޟީލަތުއްޝައިޚު ޢަބްދުﷲ ފަހުމީ ދީދީ (ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީން) ލިޔުއްވާފައިވާ ފޮތެކެވެ. މި ފޮތުގައި އެމަނިކުފާނު ގެނެސްދެއްވާފައިވަނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ޥަސައްލަމަގެ ކުރު ސިޔަރަތެކެވެ.


(50) އިސްލާމީ ފިޤުހުގެ ހަތަރު މަޛުހަބުގެ ހަތަރު އިމާމުން
މި ފޮތަކީ ހަތަރު އިމާމުންގެ ޙަޔާތްޕުޅާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެކެވެ. މި ފޮތުގައި، ކޮންމެ އިމާމެއްގެ ޢިލްމީ ޙަޔާތްޕުޅާއި، ބައެއް އުސްތާޛުންނާއި، ބައެއް ދަރިވަރުންނާއި، ކޮންމެ އިމާމަކު ލިޔުއްވި ފޮތާ ބެހޭ މަޢުލޫމާތު ހިމެނެއެވެ. އަދި ކޮންމެ މަޛުހަބެއްގެ އަސާސްތައް ވެސް، މި ފޮތުގައި ގެނެސްދެވިފައި ވެއެވެ. މިއީ ވިއްކާ ފޮތެކެވެ. މި ފޮތް ބައްލަވައިގަންނަން ބޭނުންފުޅު ނަމަ (foiy50) ޖެއްސެވުމަށްފަހު، 9763216 އަށް ވައިބަރ ކޮށްލައްވާށެވެ!


(51) ޙިކުމަތްތެރިން
މި ފޮތަކީ ޙަޔާތުގައި ބައްދަލުވި ބައެއް ޙިކުމަތްތެރިންނާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެވެ. މި ފޮތުގައި 32 ޙިކުމަތްތެރިންގެ ވާހަކަ ހިމެނިފައި ވެއެވެ. މި ފޮތަކީ، ދަރިވަރުންނާއި ޓީޗަރުންނާއި ކިޔުންތެރިންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ. މި ފޮތުގެ އައިއެސްބީ ނަންބަރަކީ: 2-4-818-99915-978 އެވެ. މި ފޮތުގެ ޗާޕުކުރި ނަކަލެއްގެ އަގަކީ 250 ރުފިޔާއެވެ. މި ފޮތުގެ ޕީޑީއެފް ނަކަލެއްގެ އަގަކީ 75 ރުފިޔާއެވެ. ފޮތެއް ބޭނުންފުޅު ނަމަ، ތިރީގައިވާ އެކައުންޓަށް، ފޮތުގެ އަގު ޖަމާކޮށްލެއްވުމަށްފަހު، 9763216 އަށް، ސްލިޕް ވައިބަރކޮށްލައްވާށެވެ!
Abdl M. Hassan
BML
7701131167101
އަގު ދެއްކެވީ، ޗާޕުކުރި ފޮތަކަށް ނަމަ، ފޮތުގެ މުޞަންނިފާ ބައްދަލުކޮށްލެއްވުމުން، ފޮތް ލިބިވަޑައިގަންނަވާނެއެވެ. އޭނާގެ ފޯނު ނަންބަރަކީ: 9763216 އެވެ. އަގު ދެއްކެވީ ޕީޑީއެފް ފޮތަކަށް ނަމަ، ވައިބަރ އިން ފޮތް ފޮނުވައިދެވޭނެއެވެ.


(52) ޙިކުމަތްތެރިންގެ ޚުލާޞާ
މި ފޮތަކީ ޙަޔާތުގައި ބައްދަލުވި ބައެއް ޙިކުމަތްތެރިންނާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެއްގެ ޚުލާޞާއެކެވެ. މި ފޮތުގައި 32 ޙިކުމަތްތެރިންގެ ވާހަކަ ހިމެނިފައި ވެއެވެ. މި ފޮތަކީ، ދަރިވަރުންނާއި ޓީޗަރުންނާއި ކިޔުންތެރިންނަށް ނުހަނު ބޭނުންތެރި ފޮތެކެވެ. މި ފޮތުގެ އައިއެސްބީ ނަންބަރަކީ: 2-4-818-99915-978 އެވެ. މި ފޮތުގެ ޗާޕުކުރި ނަކަލެއްގެ އަގަކީ 150 ރުފިޔާއެވެ. ތިރީގައިވާ "ޑައުންލޯޑް" ބަޓަނުން، މި ފޮތުގެ ޕީޑީއެފް ނަކަލެއް، މި ވަގުތު ހިލޭ ލިބިވަޑައިގަންނަވާނެއެވެ. ޗާޕުކުރި ފޮތެއް ބޭނުންފުޅު ނަމަ، ތިރީގައިވާ އެކައުންޓަށް 150 ރުފިޔާ ޖަމާކޮށްލެއްވުމަށްފަހު، 9763216 އަށް، ސްލިޕް ވައިބަރކޮށްލައްވާށެވެ!
Abdl M. Hassan
BML
7701131167101
ދެން ފޮތުގެ މުޞަންނިފާ ބައްދަލުކޮށްލެއްވުމުން، ފޮތް ލިބިވަޑައިގަންނަވާނެއެވެ. އޭނާގެ ފޯނު ނަންބަރަކީ: 9763216 އެވެ.


(53) ޅެން ހަދަން ދަސްކޮށްދޭ ފޮތް
މި ފޮތަކީ ނުހަނު ފަސޭހަކަމާއެކު، ދިވެހިބަހުން ޅެން ހަދަން ދަސްކޮށްދިނުމަށް ޓަކައި ލިޔެފައިވާ ފޮތެކެވެ. ޅެން ހަދަން ދަސްކުރާއިރު ބޭނުންވާނެ މުހިންމު މަޢުލޫމާތު މި ފޮތުގައި ވެއެވެ. މި ފޮތުގެ އައިއެސްބީ ނަންބަރަކީ: 2-4-818-99915-978 އެވެ. މި ފޮތުގެ ޗާޕުކުރި ނަކަލެއްގެ އަގަކީ 150 ރުފިޔާއެވެ. މި ފޮތުގެ ޕީޑީއެފް ނަކަލެއްގެ އަގަކީ 50 ރުފިޔާއެވެ. މި ފޮތް ބޭނުންފުޅު ނަމަ، ތިރީގައިވާ އެކައުންޓަށް ފޮތުގެ އަގު ޖަމާކޮށްލެއްވުމަށްފަހު، 9763216 އަށް، ސްލިޕް ވައިބަރކޮށްލައްވާށެވެ!
Abdl M. Hassan
BML
7701131167101
އަގު ދެއްކެވީ، ޗާޕުކުރި ފޮތަކަށް ނަމަ، ފޮތުގެ މުޞަންނިފާ ބައްދަލުކޮށްލެއްވުމުން، ފޮތް ލިބިވަޑައިގަންނަވާނެއެވެ. އޭނާގެ ފޯނު ނަންބަރަކީ: 9763216 އެވެ. އަގު ދެއްކެވީ ޕީޑީއެފް ފޮތަކަށް ނަމަ، ވައިބަރ އިން ފޮތް ފޮނުވައިދެވޭނެއެވެ.
ވައިބަރ:
9763216
© 2025. All rights reserved.
މަޢުލޫމާތެއް ބޭނުންފުޅުނަމަ ވައިބަރ ކޮށްލައްވާށެވެ!








