(1) ދިވެސް އަކުރުން ލިޔުމަށް އެހީއެއް

މިއީ ދިވެސް އަކުރުން ލިޔަން ދަސްކޮށްދޭ ފޮތެކެވެ. ދިވެސް އަކުރުގެ އަކުރުތަކާއި ފިލިތަކާއި ލިޔާނެ ގޮތް، މި ފޮތުގައި ގެނެސްދެވިފައި ވެއެވެ.

(2) ޢަރަބި ލިޔުމުގެ ފިޔަވަޅު (1)

މިއީ ޢަރަބި ލިޔުމާ ބެހޭ މަޢުލޫމާތުގެ ފޮތެކެވެ. ޢަރަބި ލިޔުމުގެ ތިން ބާވަތެއްގެ ޤަވާޢިދާއި، ޢަރަބި އަކުރާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް މި ފޮތުގައި ވެއެވެ.

(3) ލޮބުވެތި ސާޖިދާގެ ހަނދާނުގައި

މިއީ، ގއ. މާމެންދޫ އާޒާދުގޭ އަލްއުޚުތު ސަލްމާ ނަޞީރު (ސާޖިދާ) ނިޔާވުމާ ގުޅިގެން ލިޔެވުނު ފޮތެކެވެ. މި ފޮތް ލިޔެވުނީ، އެ މަރްޙޫމާއަށް ލިބިގެންވާނެ ދެމިހުންނަނިވި ދަރުމައެއް ކަމުގައި ލެއްވުމަށް އެދިގެންނެވެ. މާތްﷲ، އެ މަރްޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްތައް މިންވަރުކުރައްވާށިއެވެ! އާމީން.

(4) ސޫރަތްތަކުގެ ނަންތަކުގެ މާނަ

މިއީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ނަންތަކުގެ މާނަ ގެނެސްދެވިފައިވާ ކުޑަކުޑަ ފޮތެކެވެ. މި ފޮތް ލިޔެވުނީ، ސޫރަތްތަކުގެ ނަމުގެ މާނައާ ބެހޭ ގޮތުން ކުރެވޭ ސުވާލަށް ޖަވާބެއް ދިނުމުގެ މަޤުޞަދުގައެވެ.

(5) ފޮތް ކިޔުމުގެ އުސްލޫބުތައް

މިއީ ފޮތް ކިޔުމުގެ ތަފާތު އުސްލޫބުތައް ގެނެސްދީފައިވާ ކަރުދާހެކެވެ. މި ކަރުދާސް ތައްޔާރުކުރެވިފައި ވަނީ، ފޮތް ކިޔުމުގެ ހުނަރު ދަރިވަރުންނަށް ދަސްކޮށްދިނުމަށެވެ. މި ކަރުދާސް ވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން އިންތިޒާމުކުރައްވާ ފޮތް މަޢުރަޟުގައި، 2021 ވަނަ އަހަރު ހުށަހަޅައިދެވިފައެވެ.

(6) ޝަރުޢީ ދިރާސާ ތައްޔާރުކުރުމުގެ މަންހަޖު

މިއީ ސަޢޫދީ ޢަރަބިއްޔާގެ އިމާމް މުޙައްމަދު ބްނު ސަޢޫދު އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާ އިން ނެރުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެކެވެ. މި ފޮތް ލިޔެވިފައި ވަނީ، ޝަރުޢީ ދިރާސާ ތައްޔާރުކުރުމުގެ ޢިލްމީ މަންހަޖާ ބެހޭ ގޮތުންނެވެ.

(7) ޢުމަރު ޚައްޔާމުގެ ރުބާޢިއްޔާތު

މިއީ ޢުމަރު ޚައްޔާމުގެ ރުބާޢިއްޔާތު އެވެ، ކިޔާ ޅެން ފޮތުގެ ދިވެހި ތަރުޖަމާއެކެވެ. މި ފޮތުގައި ގެނެސްދެވިފައި ވާނީ، ރުބާޢިއްޔާތުގެ އެތައް ތަރުޖަމާއެއްގެ ޙާޞިލު ނަތީޖާއެވެ.

(8) فِي أَحْسَنِ تَقْوِيمٍ

މިއީ ސޫރަތުއްތީނިގެ 4 ވަނަ އާޔަތާބެހޭ ގޮތުން ތައްޔާރުކުރެވިފައި ވާ ކަރުދާހެކެވެ. މި ކަރުދާސް ހުށަހެޅުނީ 14 ސެޕްޓެންބަރު 2018 އިން 15 ސެޕްޓެންބަރު 2018 އަށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވުނު މަޙްފަލުލް ޤުރްއާންގައެވެ.

(9) ޙަމީދުގެ ހަނދާނުގައި

މިއީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ހެޔޮ ޒިކުރާ އާކޮށް ދެމެހެއްޓުމަށް ޓަކައި ލިޔެފައިވާ ފޮތެކެވެ.

(10) ކީރިތި ޤުރްއާނުގެ ޢިލްމީ އިޢުޖާޒު (1)

މިއީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން 2019 ވަނަ އަހަރުގެ މާރިޗް މަހުގެ 2 ވަނަ ދުވަހުގެ ރޭ ބޭއްވި ޢިލްމީ ފޯރަމަށް ހުށަހެޅުނު ކަރުދާހެކެވެ. މި ކަރުދާހުގައި އަލިއަޅުވާލެވިފައި ވާނީ، މައިގަނޑު ތިން މައުޟޫޢެއްގެ މައްޗަށެވެ. އެއީ ކައުނާއި ފެނާއި ރޯދައެވެ.

(11) ރަމަޟާނިއްޔާތު (1)

މިއީ ރަމަޟާނިއްޔާތުގެ ނަމުގައި ތައްޔާރުކުރެވޭ ސިލްސިލާއެއްގެ ފުރަތަމަ ފޮތެވެ. މި ފޮތުގައި ގެނެސްދެވިފައި ވަނީ، ރަމަޟާންމަހާ ގުޅޭ އެކިއެކި މައުޟޫޢުތަކެވެ.

(12) އެއީ ކޮން ބޭކަލެއް؟

މިއީ ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާ ބެހޭ ގޮތުން ލިޔެވިފައި ވާ ފޮތެކެވެ. މި ފޮތުގައި މައުޟޫޢުގެ މައްޗަށް އަލިއަޅުވާލެވިފައި ވާނީ، ޝާމިލު ނަޒަރަކުންނެވެ. އެ ކަމަށްޓަކައި މި ފޮތަށް މަޢުލޫމާތު ގެނެވިފައި ވަނީ އިތުބާރުހުރި ޞައްޙަ މަޞްދަރުތަކުންނެވެ.

(13) އިރަވީ ނިޒާމު

މިއީ އިރަވީނިޒާމާބެހޭ ސައިންޓިފިކް މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެން ލިޔެވިފައިވާ ވާހަކައެކެވެ. މިއީ ކުޑަކުދިންނަށް ޚާއްޞަ ވާހަކައެކެވެ.

(14) ޖައްވުގެ ވައި

މިއީ ޖައްވުގެ ވަޔާ ބެހޭ ސައިންޓިފިކް މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެން ލިޔެވިފައިވާ ވާހަކައެކެވެ. މިއީ ކުޑަކުދިންނަށް ޚާއްޞަ ވާހަކައެކެވެ.

(15) ވިއްސާރަދުނި

މިއީ ވިއްސާރަދުންޏާ ބެހޭ ސައިންޓިފިކް މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެން ލިޔެވިފައިވާ ވާހަކައެކެވެ. މިއީ ކުޑަކުދިންނަށް ޚާއްޞަ ވާހަކައެކެވެ.

(16) ހަކަތަ

މިއީ ހަކަތައާ ބެހޭ ސައިންޓިފިކް މަޢުލޫމާތުގެ މައްޗަށް ބިނާކޮށްގެން ލިޔެވިފައިވާ ވާހަކައެކެވެ. މިއީ ކުޑަކުދިންނަށް ޚާއްޞަ ވާހަކައެކެވެ.

(17) ލަފުޒުތަކުގެ މާނަ: 2

މިއީ ޢަރަބި ބަހުގެ ދެވަނަ މުސްތަވާ (ލެވެލް) ގެ ލަފުޒުތަކުގެ މާނަ ގެނެސްދެވިފައި ވާ ފޮތެކެވެ. ޢަރަބި ބަހުގެ ދެވަނަ މުސްތަވާގައި ކިޔަވާ ދަރިވަރުންނަށް މި ފޮތް މުނާސިބުވާނެއެވެ. އަދި ޢަރަބި ބަހުގެ ލަފުޒުތައް ދަސްކުރައްވާ ބޭފުޅުންނަށް ވެސް މި ފޮތް ބޭނުންކުރެއްވިދާނެއެވެ.

(18) ލަފުޒުތަކުގެ މާނަ: 3

މިއީ ޢަރަބި ބަހުގެ ތިންވަނަ މުސްތަވާ (ލެވެލް) ގެ ލަފުޒުތަކުގެ މާނަ ގެނެސްދެވިފައި ވާ ފޮތެކެވެ. ޢަރަބި ބަހުގެ ތިންވަނަ މުސްތަވާގައި ކިޔަވާ ދަރިވަރުންނަށް މި ފޮތް މުނާސިބުވާނެއެވެ. އަދި ޢަރަބި ބަހުގެ ލަފުޒުތައް ދަސްކުރައްވާ ބޭފުޅުންނަށް ވެސް މި ފޮތް ބޭނުންކުރެއްވިދާނެއެވެ.

(19) ލަފުޒުތަކުގެ މާނަ: 4

މިއީ ޢަރަބި ބަހުގެ ފަސްވަނަ މުސްތަވާ (ލެވެލް) ގެ ލަފުޒުތަކުގެ މާނަ ގެނެސްދެވިފައި ވާ ފޮތެކެވެ. ޢަރަބި ބަހުގެ ފަސްވަނަ މުސްތަވާގައި ކިޔަވާ ދަރިވަރުންނަށް މި ފޮތް މުނާސިބުވާނެއެވެ. އަދި ޢަރަބި ބަހުގެ ލަފުޒުތައް ދަސްކުރައްވާ ބޭފުޅުންނަށް ވެސް މި ފޮތް ބޭނުންކުރެއްވިދާނެއެވެ.

(20) އިބްރާހީމް، މުޙައްމަދު، ޞާލިޙް، صلوات الله وسلامه عليهم أجمعين

މިއީ މާތްﷲ އެ ބޭކަލުންގެ މައްޗަށް ސަލާމާއި ޞަލަވާތް ލެއްވި އިބްރާހީމުގެފާނާއި މުޙައްމަދުގެފާނާއި ޞާލިޙްގެފާނާ ބެހޭ ގޮތުން ލިޔެވިފައިވާ ފޮތެކެވެ. އެ ބޭކަލުންނާބެހޭ މަޢުލޫމާތު، މި ފޮތުގައި ވާނެއެވެ. މިއީ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ވެސް ކިޔުމަށް ނުހަނު އެކަށޭނަ ފޮތެކެވެ.

މަޤުބޫލު ފޮތްތަކެއް

މިއީ ކިޔުންތެރިންގެ އަރިއަހުގައި މަޤުބޫލުކަން ލިބިފައިވާ ބައެއް ފޮތްތަކެވެ.