

(21) ތަންޤީޙު ކުރެވުނު "ދިވެހިރާއްޖޭގެ ތާރީޚުގެ ތަންތަންކޮޅު"
މިއީ ދިވެހިރާއްޖޭގެ ތާރީޚުގެ މައްޗަށް އަލިއަޅުވައިލެވިފައި ވާ ފޮތެކެވެ. މި ފޮތް ލިޔުއްވީ ކުރީގެ ރައީސް މުޙައްމަދު އަމީން އެވެ. އެ މަނިކުފާނު މި ފޮތް ލިޔުއްވާފައި ވަނީ، އެ މަނިކުފާނުގެ ދުވަސްވަރާ ހަމައަށް ފާހަގަކުރެވިފައިވަ ކުށްތައް އިޞްލާޙުކުރައްވައިގެންނެވެ. މި ފޮތުގެ ނަމުގައި "ތަންޤީޙުކުރެވުނު" ހިމެނުނީ އެ ސަބަބަށް ޓަކައެވެ. ނަމަވެސް ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި އިޞްލާޙުކޮށްލަންޖެހޭ ބައެއް ކުށްތައް މި ފޮތުގައި ވެސް ވެއެވެ.


(22) ޖުމްހޫރީ ދަރުބާރުގެ މައްޗަށް، އަވަސް ކަޅިއެއް
މިއީ ރާއްޖޭގައި އޮތް ޒަމާންވީ ސުލްޠާނީ ވެރިކަން ނިމި، ޖުމްހޫރީ ވެރިކަން ފެށުމުގެ ދަރުބާރާ ބެހޭ ގޮތުން ލިޔެވިފައިވާ ފޮތެކެވެ. މި ފޮތް ލިޔުއްވީ، ކުރީގެ ރައީސް މުޙައްމަދު އަމީން އެވެ.


(23) އެސްފީނާ އާއި ޙަސަދައިން ސަލާމަތްވުމުގެ ޝަރުޢީ ރުޤްޔާ
މިއީ އެސްފީނާއާއި ޙަސަދައިން ސަލާމަތްވުމުގެ ޝަރުޢީ ރުޤްޔާ ގެނެސްދެވިފައިވާ ފޮތެކެވެ. އެސްފީނާއާއި ޙަސަދައިން ރައްކާތެރިވުމަށް ޓަކައި ކިޔަވަންޖެހޭ އާޔަތްތަކާއި ޛިކުރުތައް، މި ފޮތުގައި ވެއެވެ.


(24) (رَبَّنَا) އިން ފެށޭ ދުޢާތައް
މިއީ ކީރިތި ޤުރްއާނުގައި ވާރިދުވެފައި ވާ، (رَبَّنَا) އިން ފެށޭ ދުޢާތަކާއި އެ ދުޢާތަކުގެ މާނަތައް ޖަމާކުރެވިފައިވާ ކުޑަކުޑަ ފޮތެކެވެ.


(25) މާތްﷲ ގެ ޙަޟްރަތަށް
މިއީ ޠޫފާނެއްގައި ގެއްލުން ލިބުނު ދަނޑުވެރިއަކާ ބެހޭ ގޮތުން ލިޔެވިފައި ވާ ޚިޔާލީ ވާހަކައެވެ. ޠޫފާނުގައި ދަނޑުވެރިޔާގެ ދަނޑަށް ގެއްލުން ލިބުމުން، އޭނާ ސިޓީއެއް ލިޔަނީ މާތްﷲ ގެ ޙަޟުރަތަށެވެ. އެ ސިޓީ އޭނާ ޕޯސްޓްކުރެއެވެ. ޖެހިގެން އައި ދުވަހު އޭނާއަށް ޖަވާބެއް ލިބެއެވެ. އެއާއެކު އެހީތެރިކަމުގެ މަދަދެއް ވެސް ލިބެއެވެ.


(26) އައްޝަރްޙު ސޫރަތުގެ ޝަރަޙަ
މިއީ އައްޝަރްޙު ސޫރަތުގެ ޝަރަޙަ ގެނެސްދެވިފައި ވާ ފޮތެކެވެ. މި ފޮތުގައި ގެނެސްދެވިފައި ވަނީ، ސޫރަތުގެ ތަފްސީރާއި، ސޫރަތާ ގުޅޭ ބައެއް މަޢުލޫމާތެވެ.


(27) ލައިލަތުލްޤަދްރި
މިއީ ލައިލަތުލްޤަދްރި ވިލޭރެއާ ބެހޭ ގޮތުން ލިޔެވިފައިވާ ފޮތެކެވެ. ރަމަޟާން މަހުގައި އަންނަ އެ ބަރަކާތްތެރި ރެއާ ބެހޭ މަޢުލޫމާތު، މި ފޮތުގައި ވެއެވެ.


(28) ދުނިޔެ ބަދަލުކޮށްލި ބައްޕަ ނެތް ދަރި
މިއީ ދުނިޔެ ބަދަލުކޮށްލެއްވި ޝަޚުޞިއްޔަތަކާ ބެހޭ ގޮތުން ލިޔެވިފައިވާ ވާހަކައެކެވެ. މި ވާހަކައިގައި އިންސާނީ ޙަޔާތަށް ނުހަނު ބޭނުންތެރި ޢިބްރަތްތަކެއް ހިމެނެއެވެ.


(29) ޙަޔާތުގެ އިރާދަ
މިއީ ތޫނިސްގެ މަޝްހޫރު ޅެންވެރިޔާ، އަބުލްޤާސިމިއްޝާއްބީ ހެއްދެވި "އިރާދަތުލްޙަޔާތި" އެވެ، ކިޔާ ޅެމުގެ ދިވެހި ތަރުޖަމާއެކެވެ. މި ޅެމުގައި ޚިޔާލުތައް އެތުރިފައިވާ ގޮތަކީ، ޅެން ހަދަން ދަސްކުރާ ދަރިވަރުންނަށް ނުހަނު ބޭނުންތެރި ޢުންޞުރެއް ކަމުގައި ވާނެއެވެ.


(30) ގެއްލުނު ސުވަރުގެ
މިއީ ތޫނިސްގެ މަޝްހޫރު ޅެންވެރިޔާ، އަބުލްޤާސިމިއްޝާއްބީ ހެއްދެވި "އަލްޖަންނަތުއްޟާއިޢަތި" އެވެ، ކިޔާ ޅެމުގެ ދިވެހި ތަރުޖަމާއެކެވެ. މި ޅެމުގައި ޚިޔާލުތައް އެތުރިފައިވާ ގޮތަކީ، ޅެން ހަދަން ދަސްކުރާ ދަރިވަރުންނަށް ނުހަނު ބޭނުންތެރި ޢުންޞުރެއް ކަމުގައި ވާނެއެވެ.


(31) ކަޢުބަތުﷲ ގެފުޅު
މިއީ ކަޢުބަތުﷲ ގެފުޅާ ބެހޭ ގޮތުން ލިޔެވިފައި ވާ ކުޑަކުޑަ ފޮތެކެވެ. މި ފޮތް ލިޔެވުނީ، ގެފުޅާ ބެހޭ ގޮތުން ހުށަހެޅޭ ބައެއް ސުވާލުތަކުގެ ޖަވާބުގެ ގޮތުގައެވެ.


(32) މަސްޖިދުލްއަޤްޞާ
މިއީ މަސްޖިދުލްއަޤްޞާއާ ބެހޭ ގޮތުން ލިޔެވިފައި ވާ ކުޑަކުޑަ ފޮތެކެވެ. މި ފޮތް ލިޔެވުނީ، މުސްލިމުންގެ ތެރެއިން ގިނަ ބަޔަކަށް، މަސްޖިދުލްއަޤްޞާއަކީ ކޮބައިކަން ނޭނގޭތީއެވެ. އެ ކަމުގެ ސަބަބަކީ، މަސްޖިދުލްއަޤްޞާއަކީ ކޮން ތަކެއްކަން އޮޅުވައިލުމަށް ޓަކައި، ޔަހޫދީން ކޮށްފައި ވާ ގިނަގުނަ މަސައްކަތެވެ. މި ފޮތުގައި ވާނީ، މަޞްޖިދުލްއަޤްޞާއަކީ ކޮބައިކަން ތަޞްވީރާއެކު ބަޔާންކޮށްދެވިފައެވެ.


(33) އަލްޤަދްރު ސޫރަތުގައިވާ ބައެއް އިޢުޖާޒު
މިއީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން، 16 ރަމަޟާން 1445 (26 މާރިޗު 2024) ގައި ބޭއްވި "މަހްރަޖާނުލް ޤުރްއާނިލް ކަރީމި" ގައި ހުށަހެޅި ހުށަހެޅުމެކެވެ. މި ހުށަހެޅުމުގައި ގެނެސްދެވިފައި ވާނީ، އަލްޤަދްރު ސޫރަތުގައި ވާ ބައެއް އިޢުޖާޒެވެ.


(34) ޅެން ހެދުމުގެ އަސާސީ ބަހާތައް
މިއީ 17 ފެބްރުވަރީ 2022 ގައި، ދިވެހިބަހުގެ އެކެޑަމީ އިން އިންތިޒާމުކުރެއްވި ޖަލްސާއެއްގައި ކުރެވުނު ތަޤުރީރެކެވެ. މި ތަޤުރީރުގައި ބަޔާންކޮށްދެވިފައި ވާނީ، ޅެން ހެދުމުގެ އަސާސީ ބަހާތަކެވެ. މި ތަޤުރީރާއެކުގައި ހުށަހެޅުނު ހުށަހެޅުން ވެސް މި ޞަފުޙާއިން ޑައުންލޯޑްކުރެއްވޭނެއެވެ.


(35) "ކީރިތި ޤުރްއާނުގެ ތާރީޚު" ފޮތުގެ ހުށަހެޅުން
މިއީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އިން އިންތިޒާމުކުރެއްވި ފޮތް މަޢުރަޟެއްގައި ހުށަހެޅުނު ފޮތެއްގެ ވާހަކައެކެވެ. ފޮތުގެ ނަމަކީ "ކީރިތި ޤުރްއާނުގެ ތާރީޚު" އެވެ.


(36) ރާއްޖޭގެ ތާރީޚުން ނުކުތާތަކެއް
މިއީ ދިވެހިރާއްޖޭގެ ތާރީޚުގެ ތެރެއިން ހޮވާލެވިފައިވާ ނުކުތާތަކެއްގެ މައްޗަށް އެކުލެވޭ ފޮތެކެވެ. މި ފޮތުގައި ހިމެނިފައި ވާނީ ދިވެހިރާއްޖޭގައި މީހުން ވަޒަންވީއްސުރެ ޖުމްހޫރީ ނިޒާމުގެ ދުވަސްވަރުގެ ތެރެއާ ހަމައަށެވެ. މި ފޮތް ތައްޔާރުކުރެވިފައި ވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ދިވެހިރާއްޖޭގެ ތާރީޚާއި ޙަޟާރަތު ކިޔަވާ ދަރިވަރުންނަށް ޚާއްޞަކޮށްގެންނެވެ.


(37) ދުނިޔޭގައި ވެރިކަންކުރަނީ ކޮން އެއްޗެއް ހެއްޔެވެ؟
މިއީ ދުނިޔޭގައި ވެރިކަންކުރަނީ ކޮން އެއްޗެއްކަން ބުނެދީފައި ވާ ފޮތެކެވެ. ދުނިޔޭގައި އާރާއި ބާރު ހޯދަން ބޭނުންވާ ފަރާތައްތަކަށް މި ފޮތް މުހިންމުވާނެ ކަމަށް ބެލެވެއެވެ.


(38) ޙައްޤު ހާމަކުޅަ ސުވާލުތަކާއި އޭގެ ޖަވާބު
މިއީ ނަޞާރާދީނުގެ ފައްޅިއެއްގެ ޤިއްސަކު ހުށަހެޅުއްވި ސުވާލުތަކަކަށް، ބިޞްޠާމީ ދެއްވާފައި ވާ ޖަވާބުތަކެކެވެ. މި ފޮތުގައި އެ ސުވާލުތަކާއި އޭގެ ޖަވާބުތައް ގެނެސްދެވިފައި ވަނީ ޅެންބަހުންނެވެ.


(39) ޑރ. ޢަބްދުލްޙަންނާނު ވަޙީދު ގެ މާތް ނަސަބުފުޅު
މި ފޮތުގައި ގެނެސްދެވިފައި ވަނީ، އަލްއަޚު ޑރ. ޢަބްދުލްޙަންނާނު ޥަޙީދުގެ މާތް ނަސަބުފުޅެވެ.


(40) ކަށުނަމާދު
މި ފޮތުގައި ގެނެސްދެވިފައި ވަނީ، ކަށުނަމާދު ކުރާނެ ގޮތެވެ. ކަށުނަމާދުގައި ކިޔާނެ ތަކެތި ވެސް މި ފޮތުގައި ހިމަނާލެވިފައި ވެއެވެ.
ވައިބަރ:
9763216
© 2025. All rights reserved.
މަޢުލޫމާތެއް ބޭނުންފުޅުނަމަ ވައިބަރ ކޮށްލައްވާށެވެ!








