

ދިވެސް އަކުރުން ލިޔުމަށް އެހީއެއް
މިއީ ދިވެސް އަކުރުން ލިޔަން ދަސްކޮށްދޭ ފޮތެކެވެ. ދިވެސް އަކުރުގެ އަކުރުތަކާއި ފިލިތަކާއި ލިޔާނެ ގޮތް، މި ފޮތުގައި ގެނެސްދެވިފައި ވެއެވެ.


ޢަރަބި ލިޔުމުގެ ފިޔަވަޅު (1)
މިއީ ޢަރަބި ލިޔުމާ ބެހޭ މަޢުލޫމާތުގެ ފޮތެކެވެ. ޢަރަބި ލިޔުމުގެ ތިން ބާވަތެއްގެ ޤަވާޢިދާއި، ޢަރަބި އަކުރާ ބެހޭ މުހިންމު މަޢުލޫމާތުތަކެއް މި ފޮތުގައި ވެއެވެ.


ލޮބުވެތި ސާޖިދާގެ ހަނދާނުގައި
މިއީ، ގއ. މާމެންދޫ އާޒާދުގޭ އަލްއުޚުތު ސަލްމާ ނަޞީރު (ސާޖިދާ) ނިޔާވުމާ ގުޅިގެން ލިޔެވުނު ފޮތެކެވެ. މި ފޮތް ލިޔެވުނީ، އެ މަރްޙޫމާއަށް ލިބިގެންވާނެ ދެމިހުންނަނިވި ދަރުމައެއް ކަމުގައި ލެއްވުމަށް އެދިގެންނެވެ. މާތްﷲ، އެ މަރްޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްތައް މިންވަރުކުރައްވާށިއެވެ! އާމީން.


ސޫރަތްތަކުގެ ނަންތަކުގެ މާނަ
މިއީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ނަންތަކުގެ މާނަ ގެނެސްދެވިފައިވާ ކުޑަކުޑަ ފޮތެކެވެ. މި ފޮތް ލިޔެވުނީ، ސޫރަތްތަކުގެ ނަމުގެ މާނައާ ބެހޭ ގޮތުން ކުރެވޭ ސުވާލަށް ޖަވާބެއް ދިނުމުގެ މަޤުޞަދުގައެވެ.


އެއީ ކޮން ބޭކަލެއް؟
މިއީ ދިވެހިރާއްޖެ އިސްލާމްކުރެއްވި ބޭކަލަކާ ބެހޭ ގޮތުން ލިޔެވިފައި ވާ ފޮތެކެވެ. މި ފޮތުގައި މައުޟޫޢުގެ މައްޗަށް އަލިއަޅުވާލެވިފައި ވާނީ، ޝާމިލު ނަޒަރަކުންނެވެ. އެ ކަމަށްޓަކައި މި ފޮތަށް މަޢުލޫމާތު ގެނެވިފައި ވަނީ އިތުބާރުހުރި ޞައްޙަ މަޞްދަރުތަކުންނެވެ.


ޝަރުޢީ ދިރާސާ ތައްޔާރުކުރުމުގެ މަންހަޖު
މިއީ ސަޢޫދީ ޢަރަބިއްޔާގެ އިމާމް މުޙައްމަދު ބްނު ސަޢޫދު އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ޝަރީޢާ އިން ނެރުއްވާފައިވާ ފޮތެއްގެ ތަރުޖަމާއެކެވެ. މި ފޮތް ލިޔެވިފައި ވަނީ، ޝަރުޢީ ދިރާސާ ތައްޔާރުކުރުމުގެ ޢިލްމީ މަންހަޖާ ބެހޭ ގޮތުންނެވެ.


ޢުމަރު ޚައްޔާމުގެ ރުބާޢިއްޔާތު
މިއީ ޢުމަރު ޚައްޔާމުގެ ރުބާޢިއްޔާތު އެވެ، ކިޔާ ޅެން ފޮތުގެ ދިވެހި ތަރުޖަމާއެކެވެ. މި ފޮތުގައި ގެނެސްދެވިފައި ވާނީ، ރުބާޢިއްޔާތުގެ އެތައް ތަރުޖަމާއެއްގެ ޙާޞިލު ނަތީޖާއެވެ.


فِي أَحْسَنِ تَقْوِيمٍ
މިއީ ސޫރަތުއްތީނިގެ 4 ވަނަ އާޔަތާބެހޭ ގޮތުން ތައްޔާރުކުރެވިފައި ވާ ކަރުދާހެކެވެ. މި ކަރުދާސް ހުށަހެޅުނީ 14 ސެޕްޓެންބަރު 2018 އިން 15 ސެޕްޓެންބަރު 2018 އަށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވުނު މަޙްފަލުލް ޤުރްއާންގައެވެ.


ޙަމީދުގެ ހަނދާނުގައި
މިއީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، އަލްމަރްޙޫމް އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ހެޔޮ ޒިކުރާ އާކޮށް ދެމެހެއްޓުމަށް ޓަކައި ލިޔެފައިވާ ފޮތެކެވެ.


ރަމަޟާނިއްޔާތު (1)
މިއީ ރަމަޟާނިއްޔާތުގެ ނަމުގައި ތައްޔާރުކުރެވޭ ސިލްސިލާއެއްގެ ފުރަތަމަ ފޮތެވެ. މި ފޮތުގައި ގެނެސްދެވިފައި ވަނީ، ރަމަޟާންމަހާ ގުޅޭ އެކިއެކި މައުޟޫޢުތަކެވެ.








