ފޮތް ފާސްކުރުން

ސްކޫލްތަކުގެ ދަރިވަރުން ލިޔާ ފޮތްތަކުގެ ތެރެއިން އަންނަނިވި ޝަރުޠުތައް ފުރިހަމަވާ ފޮތްތައް ހިލޭ ފާސްކޮށްދެވޭނެއެވެ.

1. ދިވެހިބަހުން ލިޔެފައިވުން

2. އަދަބީ ގޮތުން އެކަށޭނަ ފޮތެއް ކަމުގައިވުން

3. ފޮތުގެ މައުޟޫޢާ ގުޅޭ މަޢުލޫމާތު، ފޮތުގައި ހިމެނިފައިވުން

4. 40 ޞަފުޙާއަށްވުރެ ދިގު ނުވުން

5. ވިއްކާ ފޮތެއް ކަމުގައި ނުވުމާއި ހިލޭސާބަހަށް ބަހާ ފޮތެއް ކަމުގައިވުން

ފޮތް ލިޔުއްވާ މުޞަންނިފުންނަށް ފޮތް ފާސްކޮށްދޭ އަގުތައް ތިރީގައި މި ވަނީއެވެ.

އޭ5 ސައިޒުގެ ޞަފުޙާއެއް: 25 ރުފިޔާ

އޭ5 އާއި އޭ4 އާ ދެމެދުގެ ސައިޒުގެ ޞަފުޙާއެއް: 50 ރުފިޔާ

ފޮތެއް ފާސްކުރައްވަން ބޭނުންފުޅު ނަމަ ގުޅުއްވާނީ 9763216 އަށެވެ.